މަރު

މުޖްތާޒު ފަހުމީ އަވަހާރަ ވެއްޖެ

Jan 7, 2021
18

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖްތާޒު ފަހުމީ (ޖަސްޓިސް ރިޓަޔާޑް) އަވަހާރަވެއްޖެ އެވެ.

އެ މަނިކުފާނު އަވަހާރަވީ ކޮވިޑު-19 އިގެ އަލާސްކަންފުޅުގައި ރޭ ދަންވަރު 2:00 ޖަހާ އެހާކަންހާއިރު އެވެ. އަވަހާރަވި އިރު އެ މަނިކުފާނުގެ އުމުރުފުޅަކީ 61 އަހަރެވެ.

މުޖްތާޒަށް ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ ލ. އަތޮޅުގައި އެ މަނިކުފާނު ހުންނަވަނިކޮށް ކަމަށެވެ. ކޮވިޑްގެ ބައެއް އަލާމަތްތައް ފެނި ވަޑައިގެން ޓެސްޓް ކުރެއްވުމުން ކޮވިޑަށް ޕޮޒިޓިވްވެ، ފުރަތަމަ ފަރުވާ ހޯއްދެވީ ގަމުގެ ރީޖަނަލް ހޮސްޕިޓަލްގަ އެވެ. އެ މަނިކުފާނު އަވަހާރަވީ ފަހުން އިތުރު ފަރުވާއަށް މާލެ ގެންނަވައި މައި ހޮސްޕިޓަލް ދަރުމަވަންތާގައި ދަނީ ފަރުވާ ދެމުން ދަނިކޮށެވެ.

މުޖުތާޒަކީ ފަނޑިޔާރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ބޭފުޅެކެވެ. ދެހާސް އަށްވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އޭނާ ވަނީ އިންތިގާލީ މާރުހަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ. ޖޭއެސްސީގެ ރައީސް ކަމާއި ސިވިލްކޯޓްގެ އިސް ގާޒީކަން ވެސް ކުރެއްވެވި އެވެ.