ހަބަރު

149 ކިލޯގެ ޑްރަގުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

Jan 10, 2021
5
މިދިއަ އޭޕްރީލް މަހު ގދ. ގެ ފަޅު ރަށަކުން އަތުލި މަސްތުވާތަކެތި
0%
0%
0%

ކަނޑު މަގުން ރާއްޖެ އެތެރެކޮށް ގދ. އަތޮޅުގެ ފަޅުރަށް، ހުޅުވާރުލުގައި ވަޅުލައިގެން އުޅެނިކޮށް 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކުރި ދައުވާތައް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ބޭރު ކޮށްލައިފި އެވެ.

މިިދިޔަ އޭޕްރީލް މަހު ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ފަސް މީހެއްގެ ދައުވާ ކުރަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން އެންމެ ފުރަތަމަ ހުށަހެޅީ ކްރިމިނަލް ކޯޓަށެވެ.

ނަމަވެސް، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ކުށުގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަކަށް ކަމަށް ބުނެ އިބްތިދާއީ މަރުހަލާގައި ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން އެ މައްސަލަ ހުށަހަޅާފައިވަނީ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

އެ މައްސަލާގައި މިއަދު ހެނދުނު ބޭއްވި ޝަރީއަތުގައި އެ ދައުވާތައް ކޯޓުން ބޭރު ކޮށްލާފައިވާ ކަމަށް އެ ކޯޓުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އިތުރު ތަފްސީލެއް ނުދިން ނަމަވެސް، އެނގިފައިވާ ގޮތުގައި މައްސަލަ ބޭރު ކޮށްލީ ދައުވާ ކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެ އެވެ. އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ ބަހެއް އަދި ލިބޭގޮތެއް ނުވެ އެވެ.

ރާއްޖެ އެތެރެކޮށް އެ ރަށަށް ބަލާފައި ވަޅުލައިގެން އުޅެނިކޮށް އަތުލައިގަތް 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ޕެކިންގައި ހުރި ހެރޮއިން އާއި ކެނެބިސް އެވެ. އެ މައްސަލާގައި އެ ފަޅު ރަށުން އަތުލީ 100 ކިލޯގެ ހެރޮއިން އާއި 49 ކިލޯގެ ކެނަބިސް އެވެ. އެތަކެތީގެ މަގުމަތީގެ އަގަށް 240 މިލިޔަން ރުފިޔާގެ އަރަ އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދުން ތަރި

ބައިކޮޅު ކުދިން ވީމާ ހަލުވަ ހަލުވާފަ އެންމެފަހުން އެންމެން މިނިވަންވީ ކިހާ މޮޅު ވަކިބަޔަކުމައްޗަށް 20 30 ދައުވާކުރަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ޤާނޫނު ޢުޤުބާތަކީ ސަރުކާރުން ބޭނުން ގޮތަކަށްމޮޑެން ގެންގުޅޭ ފުށްގަނޑެއް

ޑަމްޕަރު މޮކަޅު

މައްސަލަ ބޭރު ކޮށްލީ ދައުވާ ކުރަން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެ އެވެ.*** ޢިހްމާލުވި މީހުންގެމައްޗަށް ދަޢުވާ ކުރެވެންވާނެ. ޙުސްއެކަނި ރުގިޔާ ގެ މައްސަލައެއްނޫން ބަލަންވާނީއެއް

އިމްރާންބެ

ތިއޮތީ ލާރިގަނޑެއް ނަގާފަ ދޫކޮށްލާފަ...އަނެއްކާ މަސްތުވާ އެއްޗެވިވެސް އެމީހުންނާ ހަވާލު ކުރޭ....

ބަސަންދު

ތިއޮތީ ފަނޑިޔާރަށް ރަގަޅު ހަދިޔާއެއް ދީފަ

ދުން ތަރި

ފަނޑިޔާރުން ކުށްވެރިނުކުރޭ ފަނޑިޔާރުން ޢަމަލްކުރަންޖެހެނީ ޤާނޫނު އަސާސީއާ ޤާނޫނުތަކަށް ބޭރުކުރި ސަބަބާ ޤާނޫނު އަސާސީއާ ޤާނޫނު ބުނާއެއްޗެއްވެސް ބަލާލުން މުހިންމު

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345