މަރު

މޫދަށް އެރިއުޅުނު 86 އަހަރުގެ ދިވެއްސެއް މަރުވެއްޖެ

މޫދަށް އެރިއުޅުނު 86 އަހަރުގެ ދިވެއްސެއް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް-2 ގައި މޫދަށް އެރިއުޅުނު 86 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. މަރުގެ އެ ރިޕޯޓް ފުލުހަށް ލިބުނީ 12:20 ގައެވެ.

އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.