ހަބަރު

އިއްޔެ ހައްޔަރުކުރި 17 މީހުން ބަންދުން ދޫކޮށްލައިފި

މަގުމަތީގައި ހަމަނުޖެހުން ހިންގަން އިއްޔެ މަސައްކަތްކުރި މީހުންގެ ތެރެއިން ފުލުހުން ހައްޔަރުކުރި 17 މީހުންގެ ތަހުގީގު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަން ނުފެންނާތީ އެމީހުން ދޫކޮށްލައިފި ކަމަށް ފުލުހުން ބުނެފި އެވެ.

ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމާ ގުޅިގެން އެމަނިކުފާނަށް ތާއީދުކުރާ ބަޔަކު އިއްޔެ މާލޭގެ މަގުމައްޗަށް އެއްވެ ހިންގި ހަމަނުޖެހުންތަކުގައި ފުލުހުން ވަނީ 18 އަހަރު ނުފުރޭ ދެ ކުޑަ ކުއްޖަކާ އެކު 17 މީހުން ހައްޔަރުކޮށްފަ އެވެ.

"ފުލުހުންނަށް އެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރަން ނުފެންނާތީ އެ އެންމެން ވެސް މިހާރު ވާނީ ދޫކޮށްލާފަ،" އޭނާ ވިދާޅުވި އެވެ.

ގައުމަށް ޣައްދާރުވި ކަމުގެ ތުހުމަތުގައި ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ.
އަދީބު ހައްޔަރުކުރުމާއި ގުޅިގެން މާލޭގެ އަމަން ނަގާލަން ބަޔަކު މަސައްކަތް ކޮށްފާނެ ކަމަށް ފުލުހުން ވަނީ ލަފާކޮށްފަ އެވެ. އެސަބަބާ ހުރެ މާލޭގެ މަގުތައް ޕެޓްރޯލް ކުރަން ފުލުހުން ހަރަކާތްތެރިވާނެ ކަމަށެ ފުލުހުން ވަނީ ބުނެފަ އެވެ.