މަރު

ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

Feb 16, 2021

ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 11 ޖަހާ އެހާކަންހާއިރެވެ. އެއީ ބިދޭސީއެއް ކަމަށް ބެލެވޭއިރު އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެ ރަށަށް ދަނޑިކަނޑަން ދިޔަ ބަޔަކަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.