މޯލްޑިވްސް ޕޮލިސް ސާވިސް

ވެމްފަރު ފަޅުން ފެނުނު ހަށިގަނޑުގެ ޑީއެންއޭ ހަދަނީ

ވ. ވެމްޕަރު ފަޅުން ފެނުނު ހަށިގަނޑުގެ ޑީއެންއޭ އެނަލިސިސް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

އަވަސްށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑީއެންއޭ އެނަލިސިސް ހެދުމަކީ ވަގުތު ނަގާ ކަމެއް ކަމަށާއި ޑީއެންއޭ އެނަލިސިސްއަށްފަހު އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ވ. ވެމްޕަރު ފަޅުން އިންސާނެއްގެ ހަށިގަނޑު ފެނުނީ މިމަހުގެ ދެވަނަ ދުވަހު އެވެ.

އެ މީހާގެ ހަށިގަނޑު ފެނުނީ ތެޔޮ ބޯޓެއްގައި ދަތުރުކުރި ދެ މީހުން ގެއްލިގެން ފުލުހުން ހޯދަމުން ދަނިކޮށެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ) އާއި ބަނގްލަދޭޝްގެ މޮހައްމަދު ލިޓަން (35 އ) އެވެ.

މި ދެމީހުން ހޯދުމަށް ފުލުހުން މާލެތެރެވެސް ބަލަމުން ދަނިކޮށް ނިޒާމުއާ އެކު ފޮޓޯއެއް ނަގައި އާންމުންގެ މީހަކު ވަނީ މިދިޔަ ހޯމަ ދުވަހު ފޮޓޯ އާންމުކޮށްފަ އެވެ. ނަމަވެސް، ލިޓަން ނަމަކަށް ކިޔާ ބަންގްލަދޭޝް މީހާ އަދިވެސް ފެނިފައެއް ނުވެ އެވެ.

ފުލުހުން ވަނީ މަރުގެ މައްސަލައެއްގެ ތުހުމަތުގައި މުހައްމަދު ނިޒާމު ހައްޔަރުކޮށްފަ އެވެ.