ހަބަރު

މާލޭގެ އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެ

މާލޭގެ އިމާރާތަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެ އެވެ. އޭނާ ވެއްޓިފައިވަނީ މ. ކްރިމްސަން ރޯސް ފަސްވަނަ ފަންގިފިލާއިންނެވެ.

މިރޭ 10:45 ހާއިރު ހާދިސާގައި މަރުވެފައިވަނީ ތ. ގާދިއްފުށީ ވައިލެޓްމާގޭ ހުސެއިން އަހުމަދު، 69 އެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

އޭނާ ވެއްޓެން މެދުވެރިވި ސަބަބެއް ސާފެއް ނުވެ އެވެ.

މިރޭ އިމާރާތަކުން ވެއްޓި މީހަކު މަރުވިއިރު މިދިޔަ މާޗް މަހުގެ ތެރޭގައި ވެސް މާލޭގެ ގެސްޓް ހައުސްއަކުން ޒުވާނަކު ވެއްޓި މަރުވެފައިވެ އެވެ.